ނ.ވެލިދޫ ކައިރީގައި އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގެންފިއެވެ.

Ads by Asuru

ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ވެލިދޫގައި ”މަވެސް ޕީޕީއެމް“ މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ޔާމީން ވިދާޅުވީ ނ.މާފަރުގައި އެއާޕޯޓެއް އޮތް ނަމަވެސް ވެލިދޫ ރައްޔިތުން މާފަރަށް ގޮސް ފުރަން ޖެހުމުން ތަކުލީފުތަކެއް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ރަށްތަކަށް ތަރައްގީ އަންނާނީ އެއާޕޯޓު ހެދިގެން ކަމަށެވެ. ރާއްޖޭގައި ޓޫރިޒަމް ފުޅާވެގެންދަނީ ހަމައެކަނި މާލޭގައި އެއާޕޯޓެއް އޮތުމުން ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”މިއަދު ވެސް ދަންނަވާނަން ކަށަވަރުކޮށްލުމުގެ ގޮތުން ހަމަ ވެލިދޫ ކައިރީގައި ތި ބޭފުޅުން ފަޅު ރަށެއް ދައްކަވާނީ، އިރާދަކުރެވިއްޔާ އެއާޕޯޓެއް ހަދާނަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ވެލިދޫ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ވެސް ތަރައްގީކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ދެއްވާފައެވެ.