ރާއްޖޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހއ.ފިއްލަދޫގެ މަގުތައް ވެސް ތަރައްގީ ކުރަން ފަށައިފިއެވެ.
ފިއްލަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މަގު ހެދުނުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓައިވާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި މަޝްރޫއުގައި ފިއްލަދޫގެ ބޮޑެތި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ތާރު އަޅައި މަގުބައްތި ހަރުކުރާނެއެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް، 77.1 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ.

