ސޯޝަލް މީޑީއާގައި ވީޑިއޯ އަޕްޓޭޑްކޮށް ކޮންޓެންޓް ކުރިއޭޓްކުރާ މީހުން ނުވަތަ އިންފްލްއެންސަރުންނަކީ ގިނަ ބައެއްގެ ތަރުހީބް އެމީހުންނަށް އޮންނަ ބައެކެވެ.
މީގެ ތެރެއިން ގިނަ މީހުންނަކީ ރީތިވުމަށް އެކި ފިލްޓަރ ބޭނުންކޮށްގެން ވީޑިއޯ އަޕްޑޭޓް ކުރާ މީހުންނެވެ.
އެ މީހުންގެ އަސްލު ސޫރަ އެމީހުންނަށް ތާއީދު ކުރާ ބަޔަކަށް ފެނިފައެއް ނުވާނެއެވެ. ސޯޝަލް މީޑިއާއަށް ފޮޓޯއާއި ވީޑިއޯލާއިރު ފިލްޓަރ ބޭނުން ނުކުރާ މީހަކު މަދުވާނެ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ސޯޝަލް މީޑިއާއަށް ވީޑިއޯ އަޕްލޯޑް ކޮށްގެން އާމްދަނީ ހޯދައެވެ. މީގެ ތެރެއިންވެސް ބޮޑު އާމްދަނީއެއް ލިބެނީ ގިނައިން މީހުން ބަލާ ވީޑިއޯ ތަކަށެވެ.
އެކަމަށްޓަކައި ކޮންޓެންޓް ހަދާ މީހުން ފޮލޯވަރުން ގިނަ ކުރުމަށް މަސައްކަތް ކުރެއެވެ. އަދި އެމީހެއްގެ އެކައުންޓް ފޮލޯ ކޮށްފައިވާ މީހަކު އަންފޮލޯނުކުރާނެ ހުރިހާ ގޮތަކަށް އަމަލުތައް ބަހެއްޓޭ ބަލައެވެ.
ނަމަވެސް މި ފަހަރު މިވީ ވަރަށް ދެރަ ގޮތެކެވެ.
ކޮންޓެއްޓް ހަދާ ވީޑިއޯ އަފްލޯޑްކޮށް ލައިވްސްޓްރީމް ޖައްސާ ޒުވާން އަންހެނަކު އޭނާ ލައިވް ކުރަމުން ދަނިކޮށް ބޭނުންކުރި ފިލްޓަރ ގެއްލުނީއެވެ. އެއާ އެކު އޭނާގެ އަސްލު ސޫރަ ލައިވް ބަލަމުންދިޔަ މީހުންނަށް ފެނުނީއެވެ.
ނަމަވެސް ވީހަވެސް އަވަހަކަށް އޭނާ ވަނީ ފިލްޓަރ އަލުންލާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިޚަބަރުގައި ބުނާގޮތުން އޭނާގެ ފިލްޓަރ ގެއްލި އަސްލު މޫނު ފެނުމުގެ ސަބަބުން އޭނާގެ ފޮލޯވަރުންގެ ތެރެއިން އެއްލައްކަ ސާލީސްހާސް މީހުން ވަނީ އޭނާ އަންފޮލޯކޮށްފައެވެ.
ބައެއް މީހުން އޭނާއަށް ފާޑު ކީ ނަމަވެސް އޭނާއަށް ތައުރީފު ކުރި މީހުންވެސް މަދެއް ނޫނެވެ. ތައުރީފު ކުރި މީހުން ބުނެފައިވަނީ އޭނާ ފިލްޓަރ އަކާއި ނުލާ މާރީތި ކަމަށެވެ. ފިލްޓަރ އަކާއި ނުލާ ވީޑިއޯ ހެދުމަށްވެސް ބައެއް މީހުން އޭނާ ކައިރިން އެދިފައިވެއެވެ.
މިއާއެކު ބައެއް މީހުން ބުނެފައިވަނީ މިއިން ދޭހަވަނީ ސޯޝަލް މީޑިއާގައި ފިލްޓަރތަކަށް އަހަމިއްޔަތު ކަންދޭވަރުކަމުގައެވެ. އަދި މީހުން ފޮލޯ ކުރަނީ ވީޑިއޯ ހަދާ މީހާގެ ސޫރައަށް ބަލައިގެން ކަންވެސް މީގެއިން ދޭހަވެގެންދާ ކަމަށް ކޮމެންޓްތަކުގައިވެއެވެ.

