މި ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާ ރަށްރަށުގައި ހިދުމަތްދޭ ގަޑިތައް އެއިދާރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ އާންމު ދުވަސްތަކެކޭ ވެސް އެފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށެވެ.

އަދި މާލެ ސަރަހައްދުގައި ޕާސްޕޯޓާ ހަވާލުވުމަށް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން 13:00 އަށް  ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނެ ކަމަށެވެ.  އަދި ހުކުރު ދުވަހު ނަންބަރު ދޫކުރާނީ 09:15 އިން 11:00 އާ ހަމަޔަށް ކަމަށްވެސް އިމިގްރޭޝަން އިން ބުނެފައިވެއެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި ރަށްރަށުގައި ހުންނަ އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ 09:15 އިން ފެށިގެން 12:00އަށެވެ.

އަދި މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 ގުޅުއްވައިގެން އެ ޚިދުމަތް ހޯދޭނެކަމަށްވެސް އިމިގްރާޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ އީ-ވިސާއަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގައިއިރު ހުށަހެޅޭނެކަމަށާއި، މީގެ އިތުރުން ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ހެނދުނު 09:00 އިން 13:00 އަށް ވެސް އެ ހިދުމަތް ލިބޭނެކަމަށެވެ.

އިމިގްރޭޝަންގެ އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަނުން ފޯރުކޯށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ހިދުމަތްތައް ހެނދުނު 09:00 އިން މެންދުރު ފަހު 14:00 އަށް ލިބޭނެކަން އެއިދާރާއިން ވަނީ ފާހަގަކުރައްވައެވެ.

އެ އިދާރާއީން ފޯރުކޮށްދޭ ސީޕޯޓުގެ ޚިދުމަތްތައް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެވެސް ފަތިހު 05:20 އިން މެންދުރު 12:00 އަށް އަދި 13:00 އިން 17:30އަށް ލިބޭނެ ކަމަށާއި މީގެ އިތުރުން ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށް ވެސް މި ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ހުކުރު ދުވަހު ސީޕޯޓްގެ ހިދުމަތްދޭނީ މެންދުރު ފަހު 14:30 އިން ހަވީރު 17:30އަށް އަދި ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމަޔަށް ފޯރުކޮށްދޭއިރު، ފަތިހު 05:30 އިންހެނދުނު 08:00 އަށްވެސް ހުކުރު ދުވަހު އެ ހިދުމަތް ދިނުމަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުއްޓާއި، އުލިގަން ހިތަދޫއިން ސީޕޯޓްގެ ޚިދުމަތް ލިބެން ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށްކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.