އިންޑިއާއާ ނުކުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ޔާމީން އަބްދުލްގައްޔޫމް ޓެގް ކުރައްވައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކަށް ނިހާދު ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަރައްގީ ކުރައްވާނީ ހަމައެކަނި އައްޑޫ ސިޓީއެއް ނޫން ކަަމަށާއި، މުޅި ރާއްޖެވެސް ތަރައްގީ ކުރައްވާނެ ކަމަށެވެ.

”ބިރު ދެއްކުން ހުއްޓާލާ. ޖަލަށް ލާނެ ކަމަށާއި، ފުރާނަ ދުއްވައިލާނެ ކަަމަށް ކިތަންމެ ބާރަށް ބުންޏަސް، ހަގީގަތް ހާމަ ކުރުމުގައި ދެމި ހުންނާނަން.“ ނިހާދު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ވީރާނާ ކޮށްލީވެސް ރައީސް ޔާމީން ކަމަށް ނިހާދު ތުހުމަތު ކުރެއްވިއެވެ.

އައްޑޫ ސިޓީއަށް މިސަރުކާރުން ގެންނަމުންދާ ތަރައްގީ ފެނިވަޑައިގެން، ރައީސް ޔާމީން ހުންނެވީ ކޮސްވެފައިކަމަށް ނިހާދު ވިދާޅުވުމުން، ރައީސް ޔާމީން ވަނީ އޭނާއަށް ރައްދު ދެއްވައިފައެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން މެމްބަރު ނިހާދު ވިދާޅުވީ އައްޑޫ ސިޓީގެ މަގު ހެދުމުން ފެށިގެން ގޮސް މިސްކިތާއި އެނޫންވެސް ތަރައްގީތައް ފެނި ރައީސް ޔާމީނާއި ޕީޕީއެމްގެ އެހެން ބޭފުޅުންވެސް ތިއްބެވީ ހައިރާންވެ ކޮސްވެފައި ކަމަށެވެ. އަދި ވިދާޅުވީ ދެން ވެވަޑައިގަންނަވާނެ ވައުދަކާއިމެދު ރައީސް ޔާމީން ވިސްނަވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ސ. ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އައްޑޫ ސިޓީއަށް ވަޑައިގެން އެތައް ފަހަރަކު ބުރު ޖެއްސެވި އިރު ފެނުނީ ހަތަރު ބައްރުން އައިސް އައްޑޫގައި ޖައްސާފައި އޮތް ޖެޓުތައް ކަމަށެވެ.ރައީސް ޔާމީން މިފަދައިން ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައްޑޫ ސިޓީއަށް ދަތުރުތައް ފަށާނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާތީއެވެ.