ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އަލުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ.
މޫސަ މިއަދު އެ ޕާޓީއަށް ސޮއިކުރެއްވިއިރު، އިއްޔެ ފިލްމީ ތަރި މަރިޔަމް ނިޝާވެސް ވަނީ އެމްޑީޕީއާ ގުޅިފައެވެ.

މޫސަ އަލުން އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމު ހަވާލުވެވަޑައިގަތީ އެޕާޓީގެ މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

Ads by Asuru

އެމްޑީޕީގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި އެކަން ހާމަކުރިއިރު އެޕާޓީން ވަނީ މޫސަ އަލުން ޕާޓީ އަށް ސޮއި ކުރެއްވުމުން ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މޫސަ އެމްޑީޕީ އަށް ސޮއި ކުރައްވާފައި މިވަނީ އެޕާޓީން މޫސަ ވަކިކުރިތާ އަށް އަހަރު ފަހުންނެވެ.