ރާއްޖެ ސަރަހައްދުން ދަތުރުކުރި ބޭރުގެ ކާގޯ ބޯޓެއްގެ ފަޅުވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެެފް ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ ބަހްރެއިނުން ޑިއަގޯ ގާޝިއާ އަށް ދަތުރުކުރަމުން ދިޔަ ”ހާޓްލޭންޑް ޕޮއިންޓް“ ނަމަކަށް ކިޔާ ކާގޯ ޝިޕްގައި ހުރި އުމުރުން 55 އަހަރުގެ އިނގިރޭސިވިލާތުގެ އެ ފަޅުވެރިޔާގެ ޞިއްޙީ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެ ހެނދުނު 09:50 ހާއިރު ކަމަށެވެ. އަދި އެ ބޯޓް މާލޭ ޕައިލެޓް ގްރައުންޑާ ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ”ހަކުރާ“ ލޯންޗް އީެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރިއެވެ.

އެގޮތުން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކީ ބަލި މީހާ ބޯޓުން ބާލައި، އައިޖީއެމްއެޗަށް ރޭ މެންދަމު 2:00 ހާއިރު ގެންގޮސްދީފައިވެއެވެ.