އެމްޑީޕީގެ ޗެއަރޕާސަންކަން ކުރެއްވި އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯ) ރޭ އެމްޑީޕީއަށް އަލުން ގުޅިވަޑައިގަތުމުން, އެމްޑީޕީގެ އިސް ލީޑަރު, ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ވަނީ އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މޫސަ އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ، އެ ޕާޓީއަށާއި މެމްބަރުންނަށް ލިބުނު ހިތްވަރެއް ކަމަށާއި މޫސައަކީ އަބަދު ވެސް އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

މޫސަ އެމްޑީޕީއާ އަލުން މި ގުޅިވަޑައިގަތީ އެ ޕާޓީން ވަކި ކުރިތާ އަށް އަހަރު ފަހުންނެވެ.

އެމްޑީޕީއާ ރީކޯ ގުޅިވަޑައިގެން ސޮއި ކުރެއްވި ފޯމު ހަވާލުކުރައްވައިފައި ވަނީ މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއެވެ.