ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވިކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދާދި ދެންމެއަކު ކަށަވަރު ކޮށްދީފިއެވެ.

Ads by Asuru

ރޭ އަލިފާން ރޯވެފައިވަނީ މާލޭގެ އިސްކަންދަރު މަގާ ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ.ނިރުފެހި ކިޔާ ގެއެއްގައެވެ. އެގޭގައި ގަރާޖަކާ ލޭބަރ ކުއާޓަރެއް ހުރެއެވެ. ހާދިސާގައި މަރުވީ ބިދޭސީން އެކަނިކަން ވަނީ އެނގިފައެވެ.

ފުލުހުން މިއަދު ބުނީ ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު މީހަކު އަަދިވެސް ހޯދަމުން އަންނައިރު، މައުލޫމާތު ލިބެމުން އަންނަ ވަރަކުން ހާމަކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާއިން 14 މީހަކު ސަލާމަތް ކުރެވުނު ކަމަށް ފުލުހުން މިއަދު ބުންޏެވެ.