ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖާޖީން އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަން ފަށާނެ ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.

ހައްޖާޖީން އަންނާނީ ހަތަރު ދުވަސް މަތިންނެވެ. އެއީ 5، 7،8 އަދި 9 ވަނަ ދުވަހެވެ.

ރާއްޖެ އިން މި އަހަރު 1،000 މީހުން ހައްޖަށް ދިޔަ އިރު، ހައްޖާޖީން ސައުދީ އަރަބިއްޔާ އަށް ދިޔައީ ވެސް ހަތަރު ދުވަސްމަތިންނެވެ. އެއީ ސައުދީ އެއާލައިނާއި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައެވެ.

ހައްޖާޖީން އެނބުރު އަންނާނީ ވެސް އެ ދެ އެއާލައިންގައެވެ. އެއީ ކޮންމެ އެއާލައިނަކުން ދެ ދަތުރެއްގައެވެ.