ރާއްޖެ އިން ހިމަބިހި ޖެހުނު މީހުންގެ އަަދަދު 11 އަށް އަރައިފިއެވެ.

ހިމަބަހީގެ އާ ކޭސްތަކެއް ރާއްޖެ އިން ފެެންނަން ފެށީ މިދިޔަ މަހުން ފެށިގެންނެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 11 އަށް އަރާފައިވާ އިރު، ބަލީގެ ގިނަ ކޭސްތައް ފެނުނީ މާލެ ސަރަހައްދުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އަންނަނީ ހިމަބިހިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންނެވެ.

އެގޮތުން ހިމަބިހި ކަމަށް ޝައްކު ކުރެވޭ ނަމަ ހޮސްޕިޓަލުގެ ވަކި ޑެސްކެއް މެދުވެރިކޮށް ހިދުމަތް ލިބޭނެ މަގުވަނީ ފަހިކޮށް ދީފައެވެ.

އެޗްޕީއޭ އިން ބުނީ އެންމެ ފަހުން ރިޕޯޓްކުރި ދެ ކޭހާ ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތްތަކާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު 152 އަށް އަރާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.