ރާއްޖެ އެެތެރެ ކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ރޭ ބުނީ، މެއި މަހުގެ 24 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އަތުލައިގަނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މެތަމްޕެޓަމިންނެވެ.
އެ މަސްތުވާތަކެތީގެ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

