ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިމަހުގެ ދެވަނަ ދުވަހު ބާއްވައި، ދެން ޖަލްސާއެއް އޮންނާނީ ޖޫން 8 ވާ ހޯމަދުވަހު ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރިއެވެ.

އެހެންނަމަވެސް، މިއަދު މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މި މަހުގެ 15 ވާ ހޯމަ ދުވަހު ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.