ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރު މިއަދު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށް ދެއްވައިފައެވެ.

ފިނޭންސް މިނިސްޓަރަކަށް ޒަމީރު އައްޔަންކުރީ ސެޕްޓެމްބަރު 30، 2024 ގައެވެ. ޒަމީރު މި ސަރުކާރުގައި އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގެވެ.