އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު، އައްޑޫ މީދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރު ޝަހީމް، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އައްޑޫ ހުޅުދޫގައި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙުގެ ދީލަތި އެހީގައި ބިނާކުރެއްވި މިސްކިތް ހުޅުވައިދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ ހަވީރު އައްޑޫ މީދޫ ކައުންސިލާއި ބައްދަލުކުރައްވާ އިސްލާމީ ދާއިރާއިން ކައުންސިލަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ޝަހީމް ވަނީ ސާފުކުރައްވާފައެވެ.
އަދި އިސްލާމިކް މިނިސްޓްރީއާއި އައްޑޫ މީދޫ ކައުންސިލާއި ގުޅިގެން ކުރެވިދާނެ މަސަައްކަތްތަކާއި ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

