މަންމައަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ހއ. ހޯރަފުއްޓަށް ނިސްބަތްވާ މުހައްމަދު ސުނާހުއެވެ.
ސުނާހު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.
އޭނާގެ ބަންދުގެ އަމުރުގައިވާ ގޮތުން އޭނާގެ މަންމައާ މާރާމާރީ ހިންގުމުގެ އިތުރުން މަންމައަށް އިންޒާރު ވެސް ދީފައިވެއެވެ. ނަމަވެސް ބަންދުގެ މުއްދަތު މަޖލީހުގައި ސުނާހް ވަނީ މަންމަގެ ގައިގައި ޖެހިކަމަށް އިންކާރުކޮށްފައެވެ.
އޭނާ އަކީ ކުރިން މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެކެވެ.

