ވަޅި ހިފައިގެން ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހިނގި މި ހާދިސާގައި ފިހާރައަށް ތޫނު ހަތިޔާރު ހިފައިގެން އެމީހާ ވަދެ މާރާމާރީ ހިންގި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު ކަމަށާއި، މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ހާދިސާގެ ވީޑިއޯއެއް އާއްމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ، ވަޅި ހިފައިގެން ފިހާރައަަކަށް ވަދެ އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ އާއްމުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރާ ތަނެވެ.