ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތަރައްގީ ދުވެލި، ފާއިތުވި ހަތަރު އަހަރުގައި ހުރީ ”ބަރަވެލި ސްޕީޑް“ ގައި ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ޓެގް ކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވެފައިވަނީ ހަތަރު ބަޖެޓުން 160 ބިލިއަން ފާސްކޮށް ހޭދަކުރިއިރު، ހަތަރު އަހަރު އެކަނި 58 ބިލިއަން ދަރަނި އުފެއްދި ކަމަށެވެ.
އަދި ތަރައްޤީގެ މަޝުރޫޢުތަކަށް ހޭދަކުރެވުނީ އެންމެ 13 ބިލިއަން ރުފިޔާ ކަމަށާއި، ސަރުކާރުގެ ތަރައްގީ ނުފެންނަނީ އެހެންވެ ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ބަރަވެލި ސްޕީޑުގައި 4އަހަރު. 4 ބަޖެޓުން 160 ބިލިއަން ފާސްކޮށް ހޭދަކުރި.4 އަހަރު އެކަނި 58 ބިލިއަން ދަރަނި އުފެއްދި (ޖުމްލަ ދަރަނި 113ބިލިއަނަށް). ތަރައްޤީގެ މަޝުރޫޢުތަކަށް ހޭދަކުރެވުނީ އެންމެ 13 ބިލިއަން. ސަރުކާރުގެ ތަރައްޤީ އެހެންކަމުން ނުފެނުން އެކަށީގެންވޭ @MvSpokesperson.
— Ahmed Shiyam (@Shiyamaldives) November 17, 2022
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުފެންނަ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް މީގެ ކުރިން ދެއްވި ރައްދެއްގައި މިއުވާން ވިދާޅުވެފައިވަނީ ހިލޭ ޑިގްރީއަށް ކިޔަވައިދިނުން ފަަދަ ކަންކަމަކީ ތަަރައްގީ ނަމަވެސް، އެއީ ލޮލަށް ފެންނާނެ ކަންކަމެއް ނޫން ކަމުގައެވެ.

ށިޔާމުވެސް ހިއްޕަވަނީތަ؟