މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ޖަރުމަނު 2-1 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން އިކުއެޑޯ ދަތުރު ކޮށްފިއެވެ.
ޖަރުމަނށ އިކުއެޑޯ ބައްދަލު ކުރި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވެ ލީރޯއި ސާނޭ ވަނީ ޖަރުމަނަށް ލީޑު ނަގައިދީފައެވެ.
ނަމަވެސް މެޗުގެ 9 ވަނަ މިނެޓްގައި ނިލްސަން އަންގޫލޯ ވަނީ އިކުއެޑޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފްގައި އިކުއެޑޯ އިން ދިޔައީ ޖަރުމަނަށް ހަމަލާތައް ދެމުންނެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓްގައި ގޮންޒާލޯ ޕްލާޓާ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ޖަރުމަނުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ފަހު 10 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ޖަރުމަނުން މަސައްކަތް ކުރި ނަމަވެސް އިކުއެޑޯގެ ޑިފެންސްލައިން ފެނުނީ އެއަށްވުރެ ވަރިގަދަކޮށެވެ.
އިކުއެޑޯ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރިއިރު، މިއީ 2006 ވަނަ އަހަރަށް ފަހު އެ ގައުމުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

