ޒުވާން ހަތީބުން ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ބުރު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 85 ޒުވާނުން ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.
ޒުވާން ބުން ތަމްރީނު ކުރަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްތަކުގައި ހުތުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމެވެ.
ޒުވާން ހަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައިވެއެވެ.
މި ޕްރޮގްރާމް ފެށީ 2024 ގައެވެ.

