ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ އއ. ހިމަންދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މެޓުން ބުނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އއ. ހިމަންދުއަށެވެ.
އެ ރަށަށް ވަނީ 63.9 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ފުވައްމުލަށް ސިޓީއަށް ވަނީ 57.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ދެން އެންމެ ގިނައިން ވަރޭ ވެހިފައި ވަނީ ހުޅުލެއާއި މާލޭގެ އިތުރުން ބ. އަތޮޅު ގޮއިދުއަށެވެ.
އެގޮތުން ހުޅުލެއަށް 53.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މާލެއަށް ވެހިފައި ވަނީ 51.6 މިލިމީޓަރުގެ ވާރޭއެވެ. އަދި ގޮއިދުއަށް ވެހިފައި ވަނީ 50.4 މިލިމީޓަރުގެ ވާރޭއެވެ.
މީގެ އިތުރުން އދ. މަހިބަދޫއާއި އއ. ތޮއްޑޫގެ އިތުރުން ހުޅުމާލެއާއި ބ. ދަރަވަންދޫއަށް ވަނީ 40 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައެވެ.

