މއ.ސުއްކަތުރާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެއްޖެއެވެ.
ެއެމްއެންޑީއެފުން ބުނީ، އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލެވިފައި ކަމަށާއި، މިހާރު ކުރަމުންދަނީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމުގައެވެ.
ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައެވެ.
މި ހާދިސާ ގައި ދުމުގެ އަސަރު ކޮށްގެން އެކަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ވަނީ ލިބިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

