އިލެކްޝަންސް ކޮމިޝަނު (އީސީ)ގެ ރައީސްގެ މަގާމަށް މެންބަރު މުހައްމަދު ޝަކީކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުގައި ނެގި ވޯޓުގައި 51 މެންބަރުން ވޯޓު ދެއްވިއެވެ. ޝަކީލާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރެކެވެ.

އީސީގެ މެންބަރުކަމަށް އޭނަ އައްޔަންކުރީ މި މަހުގެ 24، ގައެވެ.

ކުރިން ވެސް އީސީގެ މެންބަރުކަން ކުރެއްވި ޝަކީލު އެންމެ ފަހުން ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުއެވެ. އަދި އޭނަ އަކީ ކުރިން ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރަޖިސްޓްރާއެވެ.

އީސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުންނެވެ.