މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ ގ. ފުންފަޅު ގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން، ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 22:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބބެއް މިހާތަނަށް އެނގިފައެއް ނުވާއިރު، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާން ވަނީ ވަރަށް ބޮޑަށް ހިފައިފައެވެ.
އަދި އެ ތަނުން ކަޅުކުލައިގެ ބޯ ދުން އަރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

