ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އައު ލިފްޓު ހަރުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިފިއެވެ.

އެ މަޝްރޫއު ނިންމައި، މިރޭ އިފުތިތާހުކޮށްދެއްވީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.

2024 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ފެށި މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށް، ޖުމްލަ 32 ލިފްޓު ހަރުކޮށްފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ ބަލިމީހުން އުފުލުމަށް ހާއްސަ ސްޓްރެޗާ އެރުވޭ ފަދަ 21 މީހުންގެ ޖާގައިގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ.

އެ ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެކެވެ.