ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން އަންހެނަކު ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ.
ކޯޓަށް ހާޒިރު ކުރުމަށް ބޭނުން ވެގެން ހޯދަނީ ލ. ކަލައިދޫ ހަވީރީގޭ، މަރްޔަމް ވަހީދާ، 49،އެވެ.
ފުލުހުން ބުނީ ވަހީދާ ހޯދަން އިއުލާންކުރީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެހެންވެ ވަހީދާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެއެވެ.

