އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރަށް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނި ގޮތުގައި، މި ބިންހެލުން އައީ ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ.
އެއީ، އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރު ކަމަށްވާއިރު، 5.4 މެގްނިޓިއުޑުގެ ބާރުމިނުގައި މި ބިންހެލުން އައީ ހަވީރު 06:01 ގައި ކަމަށް މެޓުން މައުލޫމާތުދެއެވެ.
އެކަމަކު، މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

