މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ގ.މިތުރު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:45ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ، އެ ގޭގެ ގޮދަޑިއެއްގައި ރޯވެގެން ކަަމަށެވެ. އަލިފާން މިހާރު ނިއްވައިލައިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާފަންނުގައި ހުންނަ ޖާޔާ ކުޝަން ކައިރި ހުރި އިމާރާތެއްގައި ކަމަށެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، މ.މުނިޔާ މަގުގައި ހުންނަ ޖަޔާކުޝަން ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތޯރިޓީން މިދަނީ ހަރަކާތްތެރިވަމުން އަންނަ ކަމުގައެވެ.

އެ ސަރަހައްދުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި، ނަމަވެސް، އެތަނުގައި ގުދަންކޮށްފައި ހުރީ ފޮތި ރޯލު ކަމުން، އަދިވެސް ބޯކޮށް ދުން އަރަމުންދާ ކަަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ފުލުހުން ބުނީ، މިއީ މ.ސަފާގޭގެ ގްރައުންޑް ފްލޯގައި ހުރި ގުދަނެއްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއެއް ކަމުގައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 9:19 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

