އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މުވައްޒަފުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން ބިމެއް ހަމަޖައްސައި، އެ ކުންފުންޏާ އެ ބިން ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަޝްރޫއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ބިމެއް ވެސް އެޗްޑީސީން ވަނީ ދީފައެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުން މީގެ ކުރިން ވެސް ވަނީ ހުޅުމާލޭގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިފައެވެ.
އޭގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ 384 އެޕާޓްމަންޓުގެ ދެ ޓަވަރުގެ އިތުރުން، އެމްޕީއެލް އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުންނަށް ފްލެޓް އަޅައި ހަވާލުކޮށްފައެވެ.

