ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 12 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 2.9 ބިލިއަން ރުފިޔާ ހަރަދު ކުރިއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހަރަދު ކުރި 3.3 ބިލިއަން ރުފިޔާއަށްވުރެ 428.9 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ޕީއެސްއައިޕީ ހަރަދުގެ ތެރެއިން 963.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ.
ލޭންޑް މެނޭޖްމަންޓް މަޝްރޫއުތަކަށް 571.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 135.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

