ފުލުހުން ހިންގި އޮޕްރޭޝަނެއްގެ ދަށުން މާލެއާއި ހުޅުމާލެއިން 13 ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއިއެކު އަތުލައިގަތް ހަ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by Asuru

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޓީމު ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށް 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ އަތުލައިގެންފައިވެއެވެ.

މި ތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ކަމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

މި ހަމައްސަލައިގައި ހަ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހަކަށް ވެސް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ދަނީ މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރަމުންނެވެ.