މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ފްރާންސް އެއްވެސް ޓީމެއް ދެކެ ބިރުގަންނަން ޖެހޭނަމަ، އެ ޓީމަކީ ސްޕެއިން ކަމަށް ސްޕެއިންގެ ޒުވާން އަދި އަރަމުން އަންނަ ކުޅުންތެރިޔާ ލަމީން ޔަމާލް ބުނެފިއެވެ.
އޭނާ މިހެން ބުނީ، އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ކުއާޓާ ފައިނަލުގެ މެޗުން ބެލްޖިއަމް ކައިރިން ސްޕެއިން ރޭ ހޯދި މޮޅަށް ފަހުގައެވެ.
ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ސެމީ ފައިނަލުގައި ނުކުންނާނީ ވަރުގަދަ ފްރާންސާ ދެކޮޅަށެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ކުއާޓާ ފައިނަލުގެ މި މެޗުން ހޯދި މޮޅާއެކު، ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ސެމީ ފައިނަލުގައި ނުކުންނާނީ ވަރުގަދަ ފްރާންސާ ދެކޮޅަށެވެ.
ޔަމާލް ބުނީ، މީގެ ކުރިން 2024 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލް އާއި، 2025 ވަނަ އަހަރުގެ ނޭޝަން ލީގުގެ ސެމީ ފައިނަލުގައި ވެސް ސްޕެއިން އިން ފްރާންސް ބަލިކޮށްފައިވާނެ ކަމަށެވެ.
ސްޕެއިން ދެކެ ފްރާންސް ބިރު ގަންނަން ޖެހޭ ކަމަށް ޔަމާލް ބުނިއިރު، އެ ދެ ޓީމަކީ، މި އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ވަރުގަދަކޮށް ފެންނަ ދެ ޓީމެވެ.

