ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މި ފުރުސަތު ރާއްޖެއަށް މި ލިބިގެން ދިޔައީ، މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން، 15 އަހަރުން ދަށުގެ ކުޅުންތެރިންގެ މި މުބާރާތުގައި ފީފާގެ މެމްބަރުން ހުރިހާ ގައުމަކަށް ފުރުސަތު ދޭން ނިންމުމާ ގުޅިގެންނެވެ.
މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ބައިވެރިވެވޭނެ ގޮތް ހެދުމެވެ.
މި މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރު މަހު އަޒަރުބައިޖާންގައެވެ. 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ވޯލްޑް ކަޕްގައި ބައިވެރިވެވޭނީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އުފަންވެފައިވާ ޒުވާނުންނަށެވެ.
މި މުބާރާތުގައި 15 އަހަރުން ދަށުގެ ދެ ޖިންސަށް ވެސް ކުޅުމުގެ ފުރުސަތު ދޭގޮތަށް އޮތަސް، މި އަހަރު ކުޅޭނީ އެ އުމުރުފުރާގެ ފިރިހެން ކުދިންގެ ގައުމީ ޓީމެވެ.

