އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ދައުރާ ޕްރޮގްރާމް، ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ބިން ހަސަނުލް ގަހްތާނީއެވެ.
މި ޕްރޮގުރާމުގެ ދަންފަޅިތައް މިއަދުވެސް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ހަތީބުންނެވެ.

