އެމަނިކުފާނު ވަނީ 1995 އިން 2013 އަށް ގަތަރުގައި ވެރިކަން ކުރައްވާފައެވެ.
ގަތަރުގެ މިހާރުގެ ލީޑަރަކީ އޭނާގެ ދަރިކަލުން ޝެއިޚް ތަމީމްއެވެ.
ގަތަރުގެ ޝާހީ ދިވާން (އަމީރީ ދިވާން) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގަތަރުގެ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ ”ފާދާ އެމީރު“ ޝައިޚް ޙަމަދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް އަވަހާރަވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
ޝާހީ ދިވާނުން ވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުޢާކޮށްފައެވެ.
”މިއަދު ހެނދުނު މަރުޙޫމް އަމީރު ޝައިޚް ހަމާދު ބިން ޚަލީފާ އަލް ޘާނީގެ އަވަހާރަވުމަކީ ޤައުމަށް ލިބުނު ބޮޑު ހިތާމައެއް،“ އަމީރީ ދިވާން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

