ވެމްކޯގައި ފެށުނީއްސުރެ، ހިދުމަތް ކުރަމުން އަައި މުވައްޒަފަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އެ ކުންފުންޏަށް ނުވަ އަހަރު ހިދުމަތްކުރި ވ. ފަޒީލާ މަންޒިލް, އަހްމަދު އަޒްހީމެވެ. އަޒްހީމް ނިޔާވުމާ ގުޅިގެން ވެމްކޯ އިން ވަނީ ތައުޒިޔާ ފޮނުވައިފައެވެ.
އަޒްހީމް ނިޔާވުމާ ގުޅިގެން ފުން ހިތާމައެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އަޒްހީމަކީ އެ ކުންފުންޏަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދިން މަަސައްކަތަށް ވަރަށް ކަމޭހިތާ އަދި އެންމެންގެ ލޯބި ހޯދާފައިވާ ހިތްހެޔޮ މުވައްޒިފެއް ކަމަށާއި އަޒްހީމްގެ ވަކިވުމަކީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ދެރައެއް ކަމަށް ވެސް ވެމްކޯ އިން ބުނެއެވެ.
އަޒްހީމްގެ ޖަނާޒާ އޮތީ މިރޭގެ އިޝާ ނަމާދަށް ފަހުގައި މާލޭގައި ހުންނަ އާސަހަރާގައެވެ.

