ޖަޕާން ސަރުކާރުގެ ’ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)‘ ގެ ދަށުން މި އަހަރަށް ދޭން ހަމަޖެހިފައިވާ ސްކޮލަރޝިޕް ފުރުސަތުތަކާގުޅޭ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ސޮއިކޮށްފިއެވެ.

އިއްޔެ ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން، ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން (1,020,134 އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ނިންމާފައެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، ޝެރީނާ އަބްދުއްސަމަދުއެވެ.

އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ މި އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަގްސަދަކީ މުސްތަޤުބަލުގައި އިޖުތިިމާއީ އަދި އިގްތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިއްމު ރޯލެއް އަދާކުރާނެ ދިވެހި ޒުވާނުން ބިނާކުރުން ކަމަށެވެ.

ހަމައެއާއެކު، މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން މިހާތަނަށް ދަސްވެނިވެފައިވާއިރު، މިހާރު ޖަޕާނުގައި 9 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.