ކ. ހިންމަފުށީއައްސޭރި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ”ސެޓްފިކެޓް 1 އިން ގިރާއަތު“ ކޯސް ފަށައިފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން އިންތިޒާމު ކޮށްގެން އިއްޔެ ފެށި ކޯހުގައި ޖުމްލަ 35 ގައިދީން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އައްސޭރި ޖަލުގައި ތިބި 31 ގައިދީންނާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިބި 4 ކުޑަކުދިންނެވެ.

މިއީ މީގެ ފަސް އަހަރު ކުރިން ފެށިގެން އެ ޖަލުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ނަމަވެސް، ކޯސް އަލުން މި ފެށީ މީގެ ހައެއްކަ އަހަރު ކުރިން ކުރިމަތިލި ކޮވިޑް-19 ގެ ވަބާއާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހުއެވެ.

މީގެ ކުރިން މި ކޯސްތައް ކުރިޔަށް ގެންދިޔައީ، ބޭރުގެ އެކި އިންސްޓިޓިއުޓުތަކާ ގުޅިގެންނެވެ.

ނަމަވެސް މި ފަހަރުގެ ކޯސް ކުރިއަށް ގެންދަނީ ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސް) އިންނެވެ.