ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާ ގުޅޭ އެބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި އެމްއެމްއާރްއައިގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޖަދު އަހުމަދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރެވެ.

މިއީ އެޗްޑީސީން ކުރިއަށް ގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި، ތަޖުރިބާ އަދި އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަރުތައް މޮނިޓަރކުރުމާއި، އެ ދާއިރާއިން ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމުގައި އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއީ ރާއްޖޭގެ ފަރުތަކުގެ ދިރުންތައް އާލާކޮށް، އެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.