މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރ. ދުވާފަރުން ހަތަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްގައި ވަނީ އެ ރަށި އީ ކަޝްމީރުގޭ މައިސަމް މުސްތަފާ، 22، އާއި އުފާ، އަލީ ފިރްސާދު އާދަމް، 21، އާއި ހިރުނދުގޭ އަލީ ހަސްރާނު، 21، ގެ އިތުރުން ސަކްސަސް، މުހައްމަދު ސުނޭހު، 19 އެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރޯ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެގޮތުން ދުވާފަރުގެ ކެފޭއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައިސަމްގެ ބަންދަށް 15 ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވެއެވެ.

ދުވާފަރު ޕޮލިހުން މިހާރު އަންނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.