ރޭ މެދުއިރުމަތީގެ ގައުމު، ގަތަރުގައި ފެށިގެން ދިޔަ ފީފާ ވޯލްޑް ކަޕް ބަލަން 99 ޖަމިއްޔާ އަކަށް ޔޫތް މިނިސްޓްރީން ޕްރޮޖެކްޓަރު ހަދިޔާ ކޮށްފިއެވެ.
ވޯލްޑް ކަޕާ ދިމާކޮށް 100 ޕްރޮޖެކްޓަރު ދޫކުރުމަށް ޔޫތް މިނިސްޓްރީން ނިންމައި އެކަން އިއުލާން ކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މިނިސްޓްރީން ކަނޑައެޅި އުސޫލުގެ ދަށުން ޕްރޮޖެކްޓަރު ލިބޭ 99 ޖަމިއްޔާ ވަނީ އިއުލާންކޮށްފަ އެވެ.
މިނިސްޓްރީން ބުނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމިއްޔާ އަކަށް މިފަހަރު ޕްރޮޖެކްޓަރު ދޫނުކުރާނެ ކަމަށެވެ.
32 ޓީމު ވާދަކުރާ ވޯލްޑް ކަޕް، އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
