ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެެއްޖެއެވެ.
ކޮންމެ އަހަރެއްގައިވެސް، ނޮވެމްބަރުމަހުގެ 20 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.
މި ދުވަހާ ގުޅިގެން އިއްޔެ ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދީންނަށް ރައްކާތެރި މާހައުލެއް ހޯދައިދޭން އިތުރު ހިތްވަރަކާއެކު އެންމެން ގުޅިގެން މިއަދު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، އެ ކުދިން އަނިޔާއިން ސަލާމަތްކޮށް، ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމުގައެވެ.
