ސަރުކާރުގެ ދުވެލި ވަރަށް ބާރު ކަމަށާއި، އެ ބާރު މިނުގައި ގޮސް ރޭސް ނިންމާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރު ވަރަށް ކާމިޔާބުކަން ފާހަގަކުރައްވައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މުޅި މާޒީގައި ވެސް ސަރުކާރެއް ނުދުއްވާހާ ބާރަށް މި ސަރުކާރުން ފޯރީގައި، ފަސް ވަނަ އަހަރުގައި މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ދައުރުގެ ފަހު ދުވަސްތަކުގެ ރޭސް ވެސް ކާމިޔާބާކަމާ އެކީ ނިންމާނެ ކަމަށް ބެލެވޭ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
”މޮޅަށް ކުޅެންޏާ ސާބަސް ދިނުމަކީ ތަހުޒީބު މުޖުތަމުތަކުގައި ވާދަވެރިން ވެސް ކަންކުރާ ގޮތް.“ މިނިސްޓަރު ވިދާޅުވިއެވެ.
2018-2023 ރޭހުގެފަހު ފަސްވަނަ ލެޕު (ފަހުލެޕު) ފެށުނީ!
ދިވެހިރާއްޖޭގެ މުޅި މާޒީގައިވެސް ސަރުކާރެއް ނުދުއްވާހާ ބާރަށް މިސަރުކާރުން ފޯރީގަ ފަހުލެޕު ދުއްވާ ކާމިޔާބާއެކު ރޭސް ނިންމާނެކަމަށް ބެލެވެ!
މޮޅަށްކުޅެންޏާ ސާބަސްދިނުމަކީ ތަހުޒީބު މުޖުތަމުއުގަ ވާދަވެރިންވެސް ކަންކުރާގޮތް!— Abdulla Mausoom (@Mausoom_Maus) November 19, 2022
ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދުނު ކަމަށް ސަރުކާރުން ބުނާއިރު، އިދިކޮޅު ފަރާތްތަކުން ސިފަ ކުރަނީ، މިއީ ބަރަވެލި ދުވެލީގެ ހަތަރު އަހަރުގެ ގޮތުގައެވެ.
ޢަނެއްކާ އަނގަވަތަށް ނުވެއްޓޭތި