ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުން ހިސާން ހަސަން ވަކިކޮށްފިއެވެ.
އެންޑީއެމްއޭގެ ސީއީއޯގެ މަގާމުން ހިސާން ވަކިކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ހިސާން އަކީ 22 އަހަރު ވަންދެން ޑިޒާސްޓާ މެނޭޖްމަންޓް ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެގޮތުން އޭނާ ވަނީ ސުނާމީ ކާރިސާއާ ގުޅިގެން އުފެއްދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)ގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައެވެ.

