ސަރުކާރު އޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށް މޯލްޑިވްސް ޑިވެލޮލްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވިއެވެ.
މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ފުދުންތެރި ދެކޮޅުޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ.
ނަމަވެސް ސަރުކާރު ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމމަތްތައް ފޯރުކޮށް ނުދެވި ބޮޑުތަނުން ފެއިލްވެފައި ކަމަށް ވިދާޅުވިއެވެ.
ސިޔާމަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ.
އެމްޑީއޭ އަށް މެމްބަރުން އިތުރުކުރަން ވަރަށް ގިނަ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ވަރަށް ފަހުން،10،000 މެމްބަރުން ހަމަވެފައިވާ ކަމަށް އެމްޑީއޭއިން ބުންޏެވެ.
