ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.

912.15 މިލިއަން ރުފިޔާއަށް މި މަޝްރޫއުތައް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

ދަރުބާރުގޭގައި ބޭއްވި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

މި މަޝްރޫއުގެ ދަށުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ:

ކ. ދިއްފުށި
އއ. ފެރިދޫ
އއ. މަތިވެރި
ބ. ކެންދޫ
ބ. ދަރަވަންދޫ
ރ. އިންނަމާދޫ
ރ. ރަސްގެތީމު
ނ. މަގޫދޫ
ނ. މާއުނގޫދޫ
ށ. ބިލެއްފަހި
ފ. ފީއަލި

މި ރަށްތަކުގެ މަގުތަކުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ ޗަކަވުމުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.