ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އެމެރިކާއިން ރާއްޖެއަށް ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ)ގެ ދަށުން އިތުރު ތިން މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ޑީއޯއޭޖީއަށް އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރާއުއެވެ.

ޑީއޯޖީ އެގްރީމަންޓަކީ މާޗް 12، 2019 ގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.

އިއްޔެ ސޮއި ކުރީ މި އެއްބަސްވުމުގެ ނުވަވަނަ އިސްލާހުގަ އެވެ. މި އެއްބަސްވުމުގެ ތެރެއިން އެމެރިކާއިން މިހާތަނަށް ފޯރުކޮށްދިން އެހީ 25.94 މިލިއަން ޑޮލަރަށް އަރައެވެ.