ކުރިއަށް އޮތް މީޑިއާ ކައުންސިލުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އާއްމުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އަންނަމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ކެނޑިޑޭޓުންގެ ނަމާއި ކެނޑިޑޭޓް ނަމްބަރު ތަރުތީބުކޮށްފައިވާކަމަށެވެ.

މީޑިއާ ކައުންސިލަށް މީޑިއާތަކުން ހުށަހަޅާފައިވާ ނަންތައް

1- އަހުމަދު އާޒިފު – ސަން އޮންލައިން

2- މުހައްމަދު އަފްޟަލް – ދީނުގެ މަގު

3- މޫސާ ރަޝީދު – މިހާރު އޮންލައިން

4- މުހައްމަދު ސިމާޢު – ވަން އޮންލައިން

5- ޝިމްލާ އަހުމަދު – އޭއޯ ނިއުސް

6- މުހައްމަދު އަފްރާހު – ތިލަދުން

7- އަލީ ނިޝާން – އާފަތިސް އޮންލައިން

8- ހުސައިން ޝަރީފް – ވަގުތު އޮންލައިން

9- އަހުމަދު މުސްތަފާ – ޕަބްލިކް ސަރވިސް މީޑިއާ

10- މުހައްމަދު ފަޟްލޫން – ސަންގު ޓީވީ

މީޑިއާތަކުގެ އިިތުރުން އަމިއްލަގޮތުންވެސް ވަނީ 12 ކެނޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއެވެ. އާއްމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.