ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެއެވެ.
އިބްރާހިމް މަނިކު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުއެވެ.
އިބްރާހީމް މަނިކު އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ރަސްމީ އިވެންޓަކީ ބްރޯޑްކާސްޓަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަހަރަށް ދިން ބްރޯޑްކާސްޓިން އެވޯޑް ހަފްލާއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން މިދިޔަ ސެޕްޓެމްބަރު ބޭއްވި މި ހަފްލާގައި އިބްރާހީމް މަނިކަށް ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފައިވެއެވެ.
ސަމަރޭގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ 1974 ވަނަ އަހަރު ބްރޯޑްކާސްޓިން ހިދުމަތާ ގުޅިވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ އަޑު ތަރައްގީކުރަން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ.
