ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

Ads by Asuru

ކަސްޓަމުން ބުނީ މި ތަކެތި އަތުލާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު، ޕޯސްޓް މެދުވެރިކޮށް ނެދަލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބާވަތް މެފެޑްރޯން އަދި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިތަކެތީގެ މަގުމަތީގެ އަގު ދެ މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައެވެ.

މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.